ޕީޖީއޯ 2.0 އާއެކު 2028 ވަނަ އަހަރު ޕީޖީ އޮފިސް ވެގެން ދާނީ ގަނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕޮސިކިޔުޝަން އިން މަސައްކަތްތަށް ޑިޖިޓަލައިޒް ކުރެެވިފައިވާ އޮފީހަކަށް ހެދުން ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޖީއޯ 2.0 އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވީ މި މަޝްރޫޢުއާއެކު ޕީޖީ އޮފީހުގެ ޚިދުމަތްތަކަށާއި މަސައްކަތްތަކަށް އަންނަ ލުއިތައް ލިބޭނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ މި މަޝްރޫޢު 2028 ވަނަ އަހަރު ނިމިގެންދާއިރު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާ އޮފީހަކަށެވެ. އަދި މިހާރު ހޭދަކުރާ ވަރަށް ވުރެ 60 އިންސައްތަ ބާރުމިނުގައި މައްސަލަތަށް ކޯޓަށް ހުށަހެޅޭނެ ކަމަށާއި އޮފީސް ތެރޭގައި މިހާރު ހޭދަވާ ވަގުތު ކުޑަވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އޮފީސްތެރޭގައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށް. މިސާލަކަށް އެސީސީން 25 ފައިލް ފޮނުވީމަ ދިރާސާ ކުރަން އެބަނަގާ 2 މަސް 3 މަސް. އޭއައިއާއެކު 1 ދުވަސްތެރޭގައި ދިރާސާގެ މަސައްކަތް ނިންމޭނެ. މުޅި ސިސްޓަމްގެ ތެރެއިން ވަރަށްބޮޑު ޓައިމް ކަނޑާލެވިގެންދާނެ. މިއީ އިންސާނުންގެ ބާރުވެރިކަން ކަނޑުވާލަން ކުރާ މަސައްކަތްތަކެއް ނޫން. އޭއައިން ޕްރޮސެކިއުޓަރުންނަށް އެހީވާނީ. ގޮތް ނިންމާނީ ޕްރޮސެކިއިޓަރުން.

ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް

އޭއައި ބޭނުންކުރުމުގައި ޕީޖީން ބޭނުންކުރާނެ މިންގަނޑުތައް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވައި ޕީޖީ ވިދާލުވީ ޑޮކިއުމަންޓެއްވެސް އަހަރަކު އެއްފަހަރު ރިވިއުކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ އޭއައިއާ ހަމައަށް ކޭސްއެއް ދާނީ މަދުވެގެން 15 ހިރާސްއެއް ކަޑައްތުކުރުމަށްފަހުގައިކަމަށެވެ.

މި 15 ސްޓެޕް ބިނާވެފައި އޮންނާނީ ރިސްކް މެނޭޖްމަންޓް ވިއުގަނޑެއްގެ ތެރޭގައި. ލޯ ރިސްކްތަކެއް ހުންނާނެ، ހައި ރިސްކް ހުންނާނެ. ކޮންމެ ކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ޒިންމާ ވާންޖެހޭ ފަރާތްތަކުގެ ތަފްސީލްތައް ހުންނާނެ. މަސައްކަތް ކުރާނީ މިއާ އެއްގޮތަށް.

ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް

މި ޕްރޮޖެކްޓް ނިމިގެންދާއިރު ކޮންމެ ޕްރޮސިކިޔުޓަރަކަށް އިންޑިވިޖުއަލައިޒްޑް އޭއައި އެސިސްޓަންޓެއް ހުންނާނެ ކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ އަމާޒަކީ 2 އަހަރުގެ ތެރޭގައި އެހިސާބަށް ގެންދިޔުން ކަމަށެވެ.