މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 1،140 ޑްރަގް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕައިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ވިދާޅުވެއްޖެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މުސްލިމް ވިދާޅުވީ، މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ޖުމްލަ 530 އަށް ވުރެއް ގިނަ ޑްރަގް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ސަދަން ޕޮލިހުން 281 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ އިރު، ނޮދަން ޕޮލިހުން 329 އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވާ ކަމުގައި ފަހަގަކުރައްވާ މުސްލިމް ވިދާޅުވީ، މި އަހަރު ޖުމްލަކޮށް ރާއްޖޭގައި ޑްރަގާ ދެކޮޅަށް 1،140 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މުސްލިމް ވިދާޅުވީ، އެއީ ވޭތުވެދިޔަ 7 މަސް ދުވަހަށް ބަލާކަމުގައި ވާނަމަ އެވެރެޖްކޮށް ދުވާލަކަށް 5 އޮޕަރޭޝަން ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކުގެ ތެރެއިން ޖުމްލަކޮށް 1875 މީހުން މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާކަމަށް މުސްލިމް ވިދާޅުވި އެވެ.

އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރު ކުރެވުނު މީހުންގެ އަދަދަށް ބަލާ ކަމުގައި ވަންޔާ ގްރޭޓާ މާލެ ސަރަހައްދުން 760 އަށް ވުރެއް ގިނަ މީހުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކޮށްފައިވޭ، ސަދަން ޕޮލިހުން 530 މީހުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލަން، އަދި ނަދަން ޕޮލިހުން 570 މީހުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވޭ" ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕައިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް

ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕައިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް

މުސްލިމް އިތުރަށް ވިދާޅުވީ، ފުލުހުން ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަންތަކާއި، ފުލުހުންގެ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކަށް ގުޅުން ހުރިކަމަށް ތުހުމަތުކުރެވޭ މީހުން، ގްރޭޓާ މާލެ ސަރައްދުން 14،370 ފަހަރު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ސަދަން ޕޮލިހުން 5،400 އަށް ވުރެއް ގިނަ މީހުން ބަލައިފަސްކޮށްފައިވާ އިރު، ނޮދަން ޕޮލިހުން 3،470 އަށް ވުރެއް ގިނަ މީހުން ބަލައިފާސްކޮށްފައިވާ ކަމަށްވެސް މުސްލިމް ވަނީ ވިދާޅުވެފަ އެވެ.

މުޅި ރާއްޖެއިން މަސްތުވާތަކެތީގެ މައްސަލަތަކަށް ގުޅުން ހުރިކަމަށް ތުހުމަތުކުރެވޭ މީހުން، 23،249 ފަހަރު ބަލައިފާސްކޮށްފައިވޭ. އަދި މަސްތުވާތަކެތި ބޭނުންކޮށް ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރާ ތަންތަންވެސް އަޅުގަނޑުމެން ބަލައި ފާސްކޮށްފައިވާނެ"

ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕައިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް

މީގެއިތުރުން މުސްލިމް ވިދާޅުވީ ޖުމްލަކޮށް ރާއްޖެއިން 144 ކިލޯ އަށް ވުރެއް ގިނަ މަސްތުވާތަކެތި ފާއިތުވި 7 މަސްދުވަހު އަތުލައިގަންފައިވާ ކަމަށެވެ.

ގްރޭޓާ މާލެ ސަރައްދުން އޮޕަރޭޝަން ތަކުގެ ތެރެއިން 137.8 ކިލޯ އަށް ވުރެއް ގިނަ މަސްތުވާތަކެތި އަތުލާގަނެވިފައިވޭ. އަދި ސަދަން ޕޮލިހުން 3 ކިލޯއަށް ވުރެއް ގިނަ މަސްތުވާތަކެތި، ނަދަން ޕޮލިހުން 3.4 ކިލޯ އަށް ވުރެއް ގިނަ މަސްތުވާތަކެތި އަތުލާގަނެފައިވާ ކަންވެސް ފާހަގަކޮށްލަން"

ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕައިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް

މުސްލިމް ވިދާޅުވީ މަސްތުވަތަކެތީގެ މައްސަލަތަކުގެ ގޮތުގައި ކޭސްކޮށްގެން ޖުމްލަކޮށް 1،533 މައްސަލަ އެއް ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.