ފަރަށް އެރި "އުރަފާ" ޑައިވިންގ ދޯނީގައި ތިބި ހަ މީހުން ސަލާމަތުން ހދ. ނޮޅިވަރަންފަރަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ޑައިވިންގ ދޯނި އަރާފައިވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތު ފަރަށެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ޑައިވިންގ ދޯނީގައި ތިބި ހަ މީހުން ސަލާމަތްތެރިކަމާ އެކު، ނޮޅިވަރަންފަރު ޑިންގީއެއްގައި މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.