ހަ މީހުންނާ އެކު ދަތުރުކުރަމުންދިޔަ ޑައިވިންގ ދޯންޏެއް ފަރަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ "އުރަފާ" ކިޔާ އެ ޑައިވިންގ ދޯނި، ހދ. ނޮޅިވަރަންފަރު ހުޅަނގު ފަރާތު ފަރަށް އަރާފައިވާ ކަމަށެެވެ.
އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެ އެވެ.