މެޕްސް ކޮލެޖުގެ ސެޕްޓެމްބަރ 2026 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

މެޕްސް ކޮލެޖުން ބުނީ ސެޕްޓެމްބަރ 2026 އިންޓޭކްގައި އެ ކޮލެޖުގެ މާސްޓާރސް ލެވެލްގެ ހުރިހާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

މެޕްސް ކޮލެޖުން ބުނީ އެ ކޮލެޖުން ވަނީ މި އިންޓޭކަށް އާ ދެ ކޯސް ތައާރަފު ކޮށްފައި ކަމަށެވެ.

އެއީ މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ކޯހެވެ.

މެޕްސް ކޮލެޖުން ބުނީ މި އިންޓޭކުގައި ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމަންޓް، ހެލްތްކެއަރ މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް ޕޮލިސީ ހިމެނޭ ކަމަށެވެ.

އެގޮތުން މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށެވެ. ކިޔެވުން ފެށެން ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރުގައެވެ.

އެ ކޮލެޖުން ބުނީ ކާމިޔާބު ކަމާއެކު ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ މާސްޓާސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ހަމައެއާއެކު ބެޗެލަރސް ޑިގްރީ ނެތް ދަރިވަރުންނަށް ވެސް "އޯލްޓަނޭޓިވް އެންޓްރީ"ގެ ދަށުން މާސްޓާސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކެއް ހުންނާނެކަމަށް މެޕްސް ކޮލެޖުން ހާމަކުރެއެވެ.

މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއް ވެސް ބައްޓަން ކުރެވިފައި ވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. މިހުރިހާ މަޢުލޫމާތެއް މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ކުރިޔަށް ދާންވީ ދާއިރާއެއް ޚިޔާރު ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ 'ކެރިއަރ ގައިޑެންސް' ސެޝަންތަކެއް ވެސް މެޕްސް ކޮލެޖުން އިންތިޒާމްކޮށްދެއެވެ. މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މިކަމުގައި މެޕްސް ކޮލެޖުގެ އެހީތެރިކަން ހޯދޭނެއެވެ.

މެޕްސް ކޮލެޖަކީ ދިގު މުއްދަތެއް ވަންދެން މަތީ ތައުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ރާއްޖޭގެ ގިނަ ބަޔަކަށް ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

ތައުލީމީ ދާއިރާގައި 27 އަހަރު ކަޑައްތުކޮށްފައިވާ މެޕްސް ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގުމުގެ ޚިދުމަތް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.