ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ޤަވާއިދަށް ގެނައުމަށް ހުށަހެޅުނު މުހިންމު އިސްލާޙުތައް، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ފުރިހަމަ އިއްތިފާޤުން ފާސްކޮށްފިއެވެ.

ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ ބޭއްވި އެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ އަސާސީ ޤަވާއިދަށް ގެނެވުނު ބައެއް އިސްލާހުތައް ފާސް ކޮށްފައިވާ ކަމަށެވެ. އަދި ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުން އިންތިޒާމް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ޕީއެންސީން ބުނެފައި ވެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ޕީއެންސީގެ 112 މެންބަރުންގެ އިއްތިފާޤުން އަސާސީ ޤަވާއިދަށް ގެނެވުނު އިސްލާޙުތައް ފާސްވުމާއެކު، ބައްދަލުވުމުގެ ހުރިހާ މެންބަރުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ.

ޕީއެންސީން ބުނީ އެ ބައްދަލުވުންތަކަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން ޕީއެންސީން ސިފަކުރާގޮތުގައި މި ނިންމުންތަކަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާ އެއްގޮތަށް ޕާޓީ ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު ބާރެއްގެ ގޮތުގައެވެ.