ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އެއާޕޯޓުން ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ޖުމްލަ 800 ވޭޕް ކާޓްރިޖް ހިމެނޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި މިދިޔަ ޖޫންމަހުވެސް އެކި ފަހަރުމަތިން ޖުމްލަ 28637 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.