އެމްޑީޕީގެ މިދިޔަ ވެރިކަމުގައި ކޮށްފައިހުރި ވައްކަން ފޮރުވަން ހިސާބުތައް ވެސް ހުރީ ފޮރުވާފައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އއ. އުކުޅަހުގައި ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ދައުލަތުގެ މާލިއްޔާތުގެ ތަފާސްހިސާބު އާންމު ނުކުރާތާ އޮތީ 6 މަސް ދުވަސް ވެފައި ކަމަށެވެ.
ޝުޖާއު ވަނީ ވެރިކަމުގެ ތެރޭގައި ހިނގަދިޔަ ޓްރާންޒިޝަން މަރުހަލާގެ ތެރޭގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ކުންފުނި ހިންގާފައި އޮތް ގޮތުގެ މާލީ ހިސާބު އާންމުކޮށްފައި ނުވަނީ ވައްކަން ކޮށްފައި އޮތްލެއް ގިނަ ކަމުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމުގައި ލާރިތަކެއް ނެތް ކަމަށެވެ. އަދި މަލީ ހިސާބުތައް ފެނުމުން ގައުމު ހިންގައިގަންނަން އެކަނިވެސް 300 މިލިއަނެއްހާ ޑޮލަރު ބޭނުންވާނެ ކަން އެނގުނު ކަމަށް ސުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވަނީ، އެހާ ގޯސް ހާލަތެއްގައި އޮއްވާ ރައީސް މުއިއްޒު ގައުމު ކުރިއަރުވަން މަސައްކަތް ކޮށްފައިވާ ކަން ފާހަގަކުރައްވާ، ރައްޔިތުން އަޒުމު އާކޮށް ހިތްވަރު ނެރެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޮވަން އެދިފަ ކޮށްފަ އެވެ.