ދިރުވާލައިގެން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އޭނާ ދިރުވާލައިގެން އެތެރެކުރީ ބަރުދަނުގައި 1،180 ގްރާމް ހުރި، 66 ބުލެޓް ކޮކެއިން ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާ އަށް ވުރެ އިތުރެވާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅޭ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން ހާމަކޮށްފަ އެއް ނުވެ އެވެ.