ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކޮށްފި އެވެ.
އެލްޖީއޭއިން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އިންތިޚާބު ފަސްކުރުމަށް ނިންމާފައިވަނީ އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ނިމިފައިނުވާތީ ކަމަށްވެސް އެލްޖީއޭއިން ބުނެފައިވެއެވެ.
އެގޮތުން ލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެ ޕާޓީން ތާއީދު ކުރާނެ ދެ ކެންޑިޑޭޓުންނކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް މަރިޔަމް ޒީނާ ކަމަށް ކޮންގްރެސް ޕާޓީން ވަނީ ކަނޑައަޅާފަ އެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓުން ވެސް ވަނީ ކަނޑައަޅާފަ އެވެ.