މަސްޖިދުއް ސަލާމް ހުރި ތަނުގައި އައު މިސްކިތެއް ބިނާކުރުމަށް އެ މިސްކިތް ބަންދުކުރަނީ ކަމަށް މާލެ ސިޓީ ކައުންސިލް އިން ބުނެފިއެވެ.
މިސްކިތް ބަންދުކުރުމާ ގުޅިގެން، މިއަދުން ފެށިގެން އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލާފައިވާތީ، މިކަން އާންމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެ އިދާރާއިން ވަނީ ދަންނަވާފައެވެ.
އެ މިސްކިތް ހުރި ތަނުގައި އާ އިމާރާތެއް އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ނޮވެމްބަރު 23، 2025 ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފިޔަ ފައުންޑޭޝަނާ އެކު ސޮއިކުރީ 850 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ދެ ބުރީގެ މިސްކިތެއް އެޅުމަށެވެ.