ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވިފައިވާ މާލީ އެހީީގެ ގޮތުގައި ޖޫން މަހު 57.9 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަކަށް އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ 57،938،000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތަފާސްހިސާބު ދައްކާ ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ އަދަދަކީ 15652 މީހުންނެއެވެ. އޭގެ ތެރެއިން މާލީ އެހީ ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަދަދަކީ 15414 މީހުންނެވެ.

އޭގެ އިތުރުން އަލަށް ރަޖިސްޓަރ ކުރެވުނު ފަރާތްތަކުގެ އަދަދަކީ 252 މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ މާލީ އެހީގެ ގޮތުގައި ޖޫން މަހު ގޮތުގައި ޖުމްލަ 253 މީހުންނަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެއީ 175 ފިރިހެނުންނާއި 78 އަންހެނުންނެވެ. ތެރަފިއުޓިކް ފަރުވާ އަށް 7،072،834 ރުފިޔާ ޖޫން މަހު ވަނީ ހަރަދުވެފައިއެވެ.