ބ. ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް ފެށުން ލަސްވަނީ ފެނަކައިގެ އިދާރީ ތައްޔާރީތަކާއި ހިންގުމަށް ބަދަލުތަކެއް ގެންނާތީ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަރުލިގައި އިތުރު މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތުގެ އަމަލީ މަސަކަތް ފެށިފައި ނުވާތީ އެކަމާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވާ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ކުޑަރިކިލުގައި ބިނާ ކުރާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، އެ މިސްކިތް ބިނާ ކުރުމުގެ މަސައްކަތަކީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ފެނަކައިން މައުލޫމާތި ލިބިފައިވާ ގޮތުގައި ކުޑަރިކިލު މިސްކިތުގެ މަސައްކަތް 15 އޯގަސްޓް 2026 ގައި އަމަލީ ގޮތުން މަސަކަތް ފެށިގެންދާނެ ކަމަށާއި، މި މަޝްރޫގެ މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް ބޭނުން ކުރެވޭ ވަރަށް ހަވާލު ކުރުމަށް ފެނަކައިން ދީފައިވަނީ ޖުމްލަ 365 ދުވަހުގެ މުއްދަތު ކަމަށެވެ.
ވަޒީރު އިތުރައް ވިދާޅުވީ، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް ފެށޭ ތާރިހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އެ ރަށުގެ ރައްޔިތުންނަށް މިސްކިތުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވަޒީރު ވަނީ އެ ވުޒާރާއިން އެ މަޝްރޫއު އަވަހަށް ފަށާ ނިންމުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަށް ޔަގީންކަން ދެއްވާފައެވެ.