ރާއްޖޭގެ އިންޖިނިއަރުންނަށް 10 ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމައިފިއެވެ.

ެއެ އުސޫލު މިހާރު އާންމުކޮށްފައި ވާއިރު، ރާއްޖޭގައި އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރާނެކަން ފުރަތަމަ ފަހަރަށް ޢިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހަކީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމަވާ ރައީސް އެކަން އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

އެގޮތުން ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ނިންމީ ދިވެހި އިންޖިނިއަރުން ގައުމަށް ކޮށްދޭ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެއެވެ.

އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ވަނީ އެވޯޑު ދޭނެ އުސޫލެއް އާންމު ކޮށްފަ އެވެ.

އެ އުސޫލުގައި ބުނާގޮތުން 10 ދާއިރާއަކަށް އެވޯޑު ދޭނެ އެވެ. އެއީ އިންޖިނިއާ އޮފް ދަ އިޔާ،ލައިފްޓައިމް އެޗީވްމަންޓް އެވޯޑް،ޔަންގް އިންޖިނިއާ އެވޯޑު، އިންޖިނިއަރިން އިނޮވޭޝަން ޓެކްނޮލޮޖީ، އެޑިޔުކޭޝަން އެންޑް ރިސާޗް އެވޯޑުު، ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑުު އިންޖިނިއަރިން ކޮންސަލްޓް/ ކޮންސަލްޓެންސީ ފާމް އޮފް ދަ އިޔާ އެވޯޑާއި

ސްޓޫޑެންޓް އިނޮވޭޓާ އެވޯޑު ހިމެނޭހެން ކޮމިއުނިޓީ އިމްޕެކްޓް އެވޯޑާއި ކޮންޓްރެކްޓާ އޮފް ދަ އިޔާ އެވޯޑު އަދި ވިމެން އިން އިންޖިނިއަރިން އެވޯޑެވެ.

އުސޫލުގައިވާ ގޮތުން އިންފްރާސްޓްރަކްޗާ އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަށް ލިބޭ ހުށަހެޅުންތަކުގެ އަދަދަށާއި ފެންވަރަށް ބަލައި، އެ ދާއިރާތައް އުނިއިތުރު ގެނައުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

މީގެ އިތުރުން ކޮންމެ ދާއިރާއަކުން ވެސް ނަން ހުށަހެޅޭނެ ގޮތްތަކާއި ޝަރުތުތައް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.