އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީގެ އެއްވެސް މަޝްރޫޢުއަކަށް އެއްބާރުލުމެއް ނުދޭ ކަމަށާއި ކަޑައެޅިގެން ދަނީ ދަތިކުރަމުން ކަމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.

މެންބަރު ވަނީ މަރަދޫފޭދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ދަނާލް އަޅަންދިންބިން އެމަސައްކަތް ހަވާލުކުރި ކުންފުނިން ޢަމަލީ މަސައްކަތް ފަށަން ސައިޓު ޑިޕްލޯއި ކޮށްފައި ވަނިކޮށް އެއްވެސް މަޤުބޫލު އުޒުރެއްނެތި ކައުންސިލުން ވަނީ ބިމުގެ ސައިޒު ކުޑަކޮށް ބިން އަތުލާފައި ކަމަށެވެ.

މިކަމުގެ ސަބަބުން ޔުނިވަރސިޓީއިން ވަނީ މިވަގުތަށް މި ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާ ކަން ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ކަންބޮޑުވުން ހިއްސާކޮށް މެންބަރު އައްޑޫ ސިޓީގެ މޭޔަރއަށް ފޮނުވި ސިޓީއަށް މިއަދާއި ހަމައަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ 32 ކުދިން މިވަގުތުވެސް ތަޢުލީމު ހާސިލްކުރަމުންދާ އައިޔޫއެމް މަރަދޫފޭދޫގެ ކެމްޕަސްއަކީ ބަޖެޓް ހަމަޖެހި 2027ވަނަ އަރަށް ނިންމަން ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ފެއްޓެވި މަސައްކަތެއް ކަމަށެވެ.