ސަރުކާރުން ތައާރަފްކުރާ ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ފައިދާވާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ނަޝީދުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކުރާ އިންވެސްޓަރުންނަށް ހާއްސަ ކޮށްގެން ސަރުކާރުން ތައާރަފްކުރާ ޕާލް ރެސިޑެންސީ ވިސާ ދިނުން ހުއްޓުވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.

ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން، ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ޕާލް ރެސިޑެންސީ ވިސާ ތައާރަފްކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި އެކަން ކުރުމަށްޓަކައި ވަކި ޚާއްސަ ބިލެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ބިލް ފާސްކުރުމަށް މަޖިލީހަށް ފޮނުއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެކަން ކުރުމުގައި އެޓާނީ ޖެނެރަލްގެ ލަފައަކީ އެންމެ ރަނގަޅުވާނީ މިކަމަށް ވަކި ޤާނޫނެއް ހެދުން ކަމަށާއި އެ ބިލް މިހާރު އޮތީ އެޓާނީ ޖެނެރަލް އޮފީހުގައި ޑްރާފްޓް ކުރައްވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.