"ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 2026" މިއަދު ފަށައިފިއެވެ.

"ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 2026" ފަށައިފި
"ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު 2026" ފަށައިފި

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، މަޖިލީހުގައި ހިމެނޭ ޒުވާން މެންބަރުންގެ އަދަދު އިތުރުކުރުމާއި، ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ޒުވާނުން ކުރިމަތިލުމަށް ބާރުއަޅައި އެހީތެރިވެދިނުމެވެ.

ޖުމްލަ 38 ބައިވެރިންނާއެކު ފެށި މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދެނީ، ޑިމޮކްރަސީއާއި ސިޔާސީ ނިޒާމާއި، މަދަނީ ތައުލީމާއި، ދިމިގުރާތީ މުޖުތަމައެއްގައި ރައްޔިތުންގެ ހައްގުތަކާއި ޒިންމާތަކާއި ގުޅޭގޮތުންނެވެ. އަދި މަޖިލީހުގެ މަސައްކަތްތަކާއި، ޤާނޫނުތަކާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ދިރާސާ ކުރުމާއި، ކޮމިޓީތަކުގެ މަސައްކަތް ހިނގާގޮތްވެސް މި ޕްރޮގްރާމުގެ ތެރެއިން އޮޅުންފިލުވާދޭނެއެވެ.

މީގެއިތުރުން ބަހުސް ކުރުމާއި، ޚިޔާލު ފާޅުކުރުމުގެ ހުނަރުތަކާއި، ކެމްޕެއިން ސްޓްރެޓެޖީތައް އަދި ސިޔާސީ ހަރަކާތްތައް ރޭވުމާއި އިންތިޚާބުތަކަށް ކުރިމަތިލުމުގައި ހިނގާ ކަންކަމުގެ މައުލޫމާތުވެސް ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެއެވެ.

މިއީ ޕްރެކްޓިސް ޕާލިމަންޓުގެ 14 ވަނަ ޕްރޮގްރާމެވެ. އަދި މިއީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރެކްޓިސް ޕާލިމެންޓުގެ ހަ ވަނަ ޕްރޮގްރާމުކަން ފާހަގަކޮށްލެވެއެވެ.