މި ސަރުކާރުގައި އެއްވެސް މަޝްރޫއެއް ހިންގާނެ ފައިސާއެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، 500 އެތަށް ޕްރޮޖެކްޓެއް ނިންމަފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރޮޖެކްޓު އޮފީހުން ރާއްޖޭގެ ރަށްތަކުގައި ޕްރޮޖެކްޓު ހިނގަނީ ކިހާ ވަރަކަށްތޯ ބަލަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މި އަހަރުގެ މޭ މަހާ، ޖޫން މަހާ ދެމެދުގައި ރާއްޖޭގެ 102 ރަށަށް ދަތުރުކުރައްވާފައިވާ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެއިން ކޮންމެ ރަށެއްގައި ހިނގަނީ ކޮން ކަމެއްތޯ ބައްލަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މަޝްރޫއުތައް ފެށި ދުވަސް ވެސް، މަޝްރޫއުތަށް ހުއްޓިފައި ހުރި މިންވަރުވެސް އިނގިލައްވާ ކަމަށާއި، ހުރިހާ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އަދި މި ސަރުކާރުގައި އެއްވެސް މަޝްރޫއެއް ހިންގާން ފައިސާއެއް ނެތް ކަމަށްވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ފައިސާ އެއް ނެތް އެއްވެސް މަޝްރޫއެއް ހިންގާނެ. އެހެންވީމާ އެ މަޝްރޫއުތަކެއް ނުހިނގާ. އަޅުގަނޑު ޑރ. މުއިއްޒު އަށް ދަންނަވަން، ރާއްޖޭގެ ރަށަކަށް ބައްލަވާލައްވަން. ރާއްޖޭގެ ރަށެއްގައި ކަންކަން ހިނގާގޮތް މިހާރު އެމަނިކުފާނަށް އެއޮތް އޮޅިވަޑައިގަންނަވަނީ."

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން، އެމްޑީޕީން ރާއްޖޭގެ ކައުންސިލްތަކާއެކު މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ކިތައްމެ ކުޑަ ޕްރޮޖެކްޓެއް ރަށެއްގައި ހިނގަން އުޅުނަސް މި ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުގައި މުޅި ދިވެހިރާއްޖޭގެ ހުރިހާ މަސައްކަތްތައް ހުއްޓެމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.