ކ. މާފުށީގައި މިއަދު ޕެރަސެއިލިން ކުރަމުންދަނިކޮށް،ފަތުރުވެރިއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޕެރަސެއިލް ތިރިކުރަން އުޅުމުގެ ތެރޭގައި، ޓޯ ލައިން ކަނޑައިގެން ގޮސް ވަޔާ ދިއުމުގެ ސަބަބުން ކަމަށެވެ.
އަދި އެ ހާދިސާ ހިނގި ވަގުތު އޭގައި ތިބީ ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މި ހާދިސާގައި އަނިޔާވި ފިރިހެން މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު 10 އިން މެންދުރުފަހު 3 ޖެހުމާހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުދު އެލާޓުވެސް ނެރެފައެވެ.