ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރީ ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފިއެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒެވެ.

ފޮޓޯ - ރައީސް އޮފީސް

މި އިމާރާތުގެ ބިންގާ 2022 ވަނަ އަހަރު އެޅި ކަމުގައި ވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ އިމާރާތުގެ މަސައްކަތްތައް ނިންމާނުލެވި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވިއެވެ. މިއީ އެމަނިކުފާނު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެކެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ އިމާރާތް ބައްލަވާލައްވާފައެވެ. އަލަށް ހުޅުވި އެމް.އާރު.ސީ.ސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޚާއްޞަ ދުޢާއެއް ކުރެއްވުންވެސް އޮތެވެ. އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުންނަ ސަރަޙައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ.

ފޮޓޯ - ރައީސް އޮފީސް

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯއާއި، ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޮ ޒެންގގެ އިތުރުން ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އަދި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.