އުދައަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން 15:00 އަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނުން ފެށިގެން ހަވީރު 6:00 ހަމައަށް މޫސުން ލަފާކުރާ ގޮތް އާންމުކޮށްފައެވެ. ބައެއް ރަށްތަކަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެން ވާ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ހުރިހާ ހިސާބަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އިން ބުނެފައިވެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓްއިން ވަނީ ބުނެފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މިގަޑިތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓު ދެމެދުގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.