ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އުދައަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ މިރޭ 10:00 އިން ދަންވަރު 2:30 އާ ދެމެދު އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުދަ އަރާނެ ކަމުގެ އިންޒާރު މެޓު އޮފީހުން ދިން އިރު، މާލެއަށް މިއަދު މެންދުރު އުދަ އަރައި ގެއްލުންވަނީ ވެފައެވެ.

މިއަދު އެންމެ ދިޔަވަރު ބޮޑުވީ 11:53 ގަ، 0.74 މީޓަރަށެވެ. މާދަމާ އެންމެ ބޮޑު ދިޔަ އޮންނަ ވަގުތު ކަމަށްވާ 12:28 ގައި 0.79 މީޓަރަށް ދިޔަވަރު ހުންނާނެ ކަމަށް ދިޔަވަރު ލަފާކުރާ މޮޑެލްތަކުން ދައްކަ އެވެ.