މި ދައުރު ނިމޭއިރު ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ސަރުކާރެއްގެ ދައުރުގެ ތެރޭގައި ބޯހިޔާ ވަހި ކަމުގެ މަޝްރޫއުތަކެއް ނިންމާ އެތަންތަން ލިބެންވީ ފަރާތްތަކަށް ހަވާލުކޮށްދޭނެ ކަމުގެ ޔަގީކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ބޯހިޔާ ވަހިކަމުގެ ދަތި ކަމުން ހައްލު ކުރުމުގެ ތެރޭގައި ކުރެވިފައިވާ ކަންތަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތަށް ހިއްކައި އެގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3 ހިއްކާ އެތަނުން ގޯތި ދިނުމުގެ ކަންކަން ކުރުމާއި، ފޭސް 2 ދޭން ހުރި ގޯތިތަށް މަގުމައްޗަށް އަރާފަ ހުރި ގޯތިތަށް ރީ ޕްލޭން ކޮށްގެން ގޯތިތަށް ދިނުމާއި، ގިރާވަރުފަޅު އެއްކޮށް ހިއްކާ ނިމި ފަޅުން ބޭރުން ދީފައި ހުރި ގޯތިތައް ނަގައި ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހުޅުމާލެގައި އަޅަން ފަށާފައި ހުރި ފްލެޓްތައް ސަރުކާރާ ހަވާލުވިއިރު ހުރީ 25 އިންސަތައިގަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބާކީ ބައި ނިންމާ އެ ފްލެޓްތައް މީހުންނަށް ދީފައި ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެންމެންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.