މުޖުތަމައުގައި އެއްބައިވަންތަކަމާއި، ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންވާ ކަމުގައި ރައީސުލްޖކުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރަމުން ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މިއަދު މި ގައުމަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށާއި، މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ. އަދި އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމަށާއި މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުންވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކާމިޔާބު ހިނިތުންވާނީ އަބަދުވެސް ހިންމަތްތެރިންގެ ފަހަތުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވީ ބަޠަލުންނަށް ހެޔޮދުއާ ދައްނަވާފައެވެ.
61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް ވެސް ވަނީ ފޮނުއްވައިފައެވެ.
އެމަނިފާނު ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެއިތުރުން ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.