ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޑިޕްލޮމެޓިކް އައުޓްރީޗް އިވެންޓެއް ބާއްވަވައިފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ މިނިވަންކަން ލިބުމަށްފަހު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައިނަލްއަޤްވާމީ މުޖްތަމަޢުއާއެކު ޕާޓްނަރޝިޕްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ، ބައިނަލްއަޤްވާމީ ހަމަކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއްކަމާއި، މަޝްވަރާތަކާއި، ޑިޕްލޮމަސީއާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުންދިނުމަށް ބިނާވެފައިވާ ސިޔާސަތުތައްކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާއި އީޖާދުތަކާއި އީޖާދުތައް ބިނާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނަށް ދަޢުވަތު އަރުވާފައެވެ.

މި އިވެންޓުގައި މިނިވަންކަން ފަހުން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތަކާއި، ޕާޓްނަރޝިޕްތަކަށް ހުރި ފުރުޞަތުތައް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންނާއި، ރެޒިޑެންޓް އަދި ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުންނާއި، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ހާރިޖީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާއަކީ، ރާއްޖޭގެ މިނިވަންކަން ލިބުނުތާ 61 އަހަރު، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބޭއްވި ޙަރަކާތްތަކެކެވެ.