އެޕޯލޯޓަވަރު 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓުގައި އަލިފާނުގެ ހަދީސާއެއް ހިނގައިފިއެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި 13:57 އެހައިކަންހާއިރު އެވެ.

މި ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ދުން އަރަމުންދަނީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުންކަން އެނގުނު ކަމަށާއި އާންމުންގެ އެހީތެރިކަމާއެކު އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެތަނުގައި ރޯވެފައި ހުރި އަލިފާން ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތް ކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައި ހުރީ ބެލްކަނީގައި ހުރި ލަކުޑި ތަކެއްގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.