ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް އާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެގޮތުން، ރާއްޖެއިން ބޭރަށް ދަތުރުރުކޮށްފައި އަނބުރާ އަންނަ ދިވެހީންނަށް އަމާޒުކޮށްގެން އެމްއެމްއޭއިން "ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭ 2026" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި މިއަދު ފަށައިފިއެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ހިމެނޭ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މި ސަރވޭގައި އެކެއްނުކުރެވޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދެއްވާފައެވެ.