ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފިއެވެ.

އުރީދޫން ބުނީ، މިނިވަން-61 ޑޭޓާ ޕެކްއިން ފެށިގެން، ޑޭޓާ ޕެކް ހަދިޔާ ކުރުމާއި، މިނިވަންދުވަހު ވަކި ވަގުތެއްގައި ހިލޭ ކޯލާއި މެސެޖްއާ އެކު، މި މިނިވަންދުވަހުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، ޝެއާކޮށް، އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުން ކަމަށެވެ.

މިނިވަން ދުުވަހުގެ އޮފާތައް:

1. މިނިވަން 61 ޕެކް - 61 ރުފިޔާއަށް 61 ޖީބީ ޑޭޓާ

މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އިންޓަނެޓް ބޭނުންކުރުމަށް، އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ (24 ގަޑިއިރަށް) ނެންގެވޭނެއެވެ. މި އޮފާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ. މި އޮފާ ކުރިއަށްދާނީ 25 އިން 31 ޖުލައި 2026 އަށެވެ.

2. މިނިވަން 61 ޕެކް ގާތް ފަރާތްތަކަށް ހަދިޔާކޮށްލާ

މިނިވަންދުވަހުގެ ހަދިޔާއެެއްގެ ގޮތުގައި ގާތްފަރާތްތަކަށް މިނިވަން 61 ޕެކް - 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ (24 ގަޑިއިރަށް) ހަދިޔާކުރެވޭނެއެވެ. މި އޮފާ ކުރިޔަށްދާނީ 25 އިން 31 ޖުލައި 2026 އަށެވެ.

3. މިނިވަން ދުވަހު އުރީދޫ ނަމްބަރުތަކަށް ހިލޭ ކޯލާއި އެސް.އެމް.އެސް

މިނިވަން ދުވަހުގެ އުފަލުގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 15:00 އިން ހަވީރު 16:00 އަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސް.އެމް.އެސް ކުރެވޭނެއެވެ. މިއީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހައްސަކޮށް ބައިވެރިވެވޭ އޮފާރ އެކެވެ.

މިނިވަންދުވަސް ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މިފަދަ މުހިންމު މުނާސަބަތުތަކުގައި ޚާއްސަ އޮފާރތައް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަން އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.