ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫޢުގެ ބޭނުމަށް ނަގާ ބިމުން އެ ސިޓީގެ ކައުންސިލަށް ކުލި ނަގާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޭޖުގައި އާންމުކުރި ވީޑިއޯއެއްގައި ނިޒާރު ވިދާޅުވީ ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާ އެ މަޝްރޫއު ހިންގުމަށް އައްޑޫއިން ނަގާ ބިމުން އައްޑޫގެ ރައްޔިތުންނަށް ކުލި ލިބެން ޖެހޭ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ގޫގުލްއިން އައްޑޫގައި "ކަނެކްޓިވިޓީ ހަބެއް" ގާއިމު ކުރާނެ އެވެ.
ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އެ މަޝްރޫޢު އިން ކުލި ނަގާނެ ކަމަށާއި ގޫގުލްގެ ވެރިންނަށް ވެސް ދަންނަވާނީ އެ ބިމުން ކުލި ނަގާނެ ކަމަށެވެ.
އަދި މިހާރު ޑީލްތައް ހަދައިގެން ހިލޭ ބިން ނަގައިގެން ތިއްބަސް ކުލި ނަގާނެ ކަމަށާއި އެ ކުއްޔަށް ގޫގުލް އިން ތައްޔާރުވެގެން ތިބެންޖެހޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ދިވަރު" ނަމަކަށް ކިޔާ އެ ކޭބަލް އެޅުމުގެ މަޝްރޫއުގެ ބޭނުމަށް 160،000 އަކަފޫޓު ނުވަތަ 1.5 ހެކްޓަރުގެ ބިމެއް އައްޑޫ ސިޓީން ދޭން ސަރުކާރުން އެދިފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން އަންދާޒާކުރާ ގޮތުގައި ސަރުކާރުން ގޫގުލް އަށް ދޭ ބިމުގެ މަހު ކުއްޔަށް އަހަރަކަށް 18 މިލިއަން ރުފިޔާގެ ރޭޓުން 1.5 މިލިއަން ރުފިޔާ އަރާނެ އެވެ.