އީރާނުގެ އަސްކަރިއްޔާއިން ކުވެއިތާއި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތައް ދީފައި ވަނީ "އޮޕަރޭޝަން ތަންޑަރބޯލްޓް" ގެ 25 ވަނަ ފިޔަވަހީގެ ދަށުންނެވެ.

މި ހަމަލާތަކުގައި ބޭނުންކޮށްފައި ވަނީ 'އަރަޝް' ނަމަކަށް ކިޔާ އަމިއްލައަށް ގޮއްވާލާ ޑްރޯންތަކެކެވެ.

އިރާނުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކުގެ އަމާޒަކަށް ހަދާފައި ވަނީ ކުވެއިތުގައި ހުންނަ ކޭމްޕް އުދައިރީގައި ހުރި އެމެރިކާގެ އަސްކަރީ ސާމާނު ރައްކާކުރާ ގުދަންތަކާއި، ގަތަރުގެ ދޯހާ ކޭމްޕުގައި ތިބި އެމެރިކާގެ ސިފައިންނާއި، އަދި ކުވެއިތުގެ ކޭމްޕް އަރިފްޖާންގައި ތިބި އެމެރިކާގެ ސިފައިންނަށެވެ.

މިއީ އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ބުނެ، އިރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ އިސްތިޢުމާރީ ފިޔަވަޅުތަކާ ދެކޮޅަށް ހައި-އިންޓެންސިޓީ ޑްރޯން އަދި މިސައިލް އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރުދީފައެވެ.

އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުން އަންނަ އިންޒާރުތަކުން އިރާނުގެ ރައްޔިތުންނާއި އަސްކަރިއްޔާގެ އަޒުމް އިތުރަށް ވަރުގަދަވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާތަކުގެ ކުރިން، އީރާނުން ވަނީ "އޮޕަރޭޝަން ތަންޑަރބޯލްޓް" ގެ 24 ވަނަ ފިޔަވަހީގެ ދަށުން ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް އަރަޝް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ހަމަނުޖެހުން ބޮޑުވެފައި މި ވަނީ، ޖޫން މަހު ޕާކިސްތާނުގެ މެދުވެރިކަމާއެކު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުމަށް ފަހުގައެވެ.

އެމެރިކާ އިން ބުނީ، މިދިޔަ ޖޫން 16 ގައި ސޮއިކުރި ސުލްހައިގެ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުން ފެށިގެން ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމާއި، އީރާނަށް އަޅާފައިވާ ކަނޑުމަގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ދެފަރާތުން އެކުލަވާލި އެއްބަސްވުމުގައި ހިމެނިފައިވެއެވެ.

ނަމަވެސް، އެ އެއްބަސްވުމާ ހިލާފަށް ދެ ފަރާތުން ވެސް ވަނީ ދެބައި މީހުންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދީފައެވެ. އީރާނުން ތުހުމަތު ކުރާ ގޮތުގައި މި ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ އެމެރިކާއާއި އިޒްރޭލުގެ ހައްދުފަހަނައެޅި އަމަލުތަކެވެ.