ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.
އެ ކުންފުނިތަކަކީ ޙައްޖު ކޯޕަރޭޝަނާއި އެޗްޑީސީ އާއި، އައިލޭންޑް އޭވިއޭޝަންގެ އިތުރުން ފަހި ދިިރިއުޅުން ކޯޕަރޭޝަނަށެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ބޭފުޅުން:
ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ.ޝަހީން/ ޢަބްދުﷲ ޔާމީން
- އައިލެންޑް އޭވިއޭޝަން: ދ. ކުޑަހުވަދޫ، ތިކުރީތު/ މައީޝާ އިބްރާހިމް
- އެޗްޑީސީ: ދ. ބަނޑިދޫ، ފެހިވިނަ/ ޝާހިދު މޫސާ
- ޙައްޖު ކޯޕަރޭޝަން: ގ. ބަނީ/ އަޙްމަދު މާޒިން
ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރަމުން އަންނަ އިރު، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު 33 ޕަސެންޓަށް މަދުކުރަން އޮތީ އަންގައިފަ އެވެ.
ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރިލް މަހުގެ 18ގައި ޕީސީބީއަށް އަންގައިފައެވެ.
އެ އިރުޝާދާ ގުޅިގެން، ޕީސީބީން ވަނީ ކުންފުނިތަކުގެ އެޗްއާރު ސިޔާސަތުތައް ހަރުދަނާކޮށް، ވަޒީފާ ދިނުމުގެ ސިޔާސަތުތައް އެކުލަވާލާފައި ވަނީ މެރިޓް ބޭސިސް ނުވަތަ ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން އެންމެ އެކަށީގެންވާ މީހުން ހޮވޭނެ ގޮތަށްކަން ކަށަވަރު ކުރުމަށާއި، ކުންފުނީގެ ވަޒީފާ ދިނުމުގައި އަމަލުކުރަނީ އެގޮތަށްކަން ކަށަވަރުކުރުމަށް ރެކްރޫޓުމެންޓާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ކުންފުނިތަކަށް އަންގާފައެވެ.