އިތިއޯޕިއާ އާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމާއި، ވައިގެ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިތިއޯޕިއަން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޔޮހާނަސް އަބޭރާ ބެލޭޓެއެވެ.
ހާރިޖީ ވުޒާރާއިން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އިތިއޯޕިއާއާ ދެގައުމުގެ ދެމެދުގައި ވައިގެ ގުޅުންތައް އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މީގެ އިތުރުން މި ދެ އެއްބަސްވުމަކީ އެފްރިކާގެ ގައުމުތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.