ޕީސީބީން ރައިޓް ސައިޒް ކުރަނީއޭ ބުނެ 14،733 މީހުން ނަގައި މަގު މައްޗަށް އެއްލާލާއިރު އެދައްކަނީ ކުޑަކަމެއްގެ ވާހަކަ ނޫން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައިޓް ސައިޒް ކުރާއިރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މިކަމުން ކުރާނެ ބޮޑު އަސަރު ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، މިއަދު ކުރީ ސަރުކާރޭ ކިޔާ މުޅި ގައުމު ފުނޑުފުނޑުވެގެން ދާކަމަށާއި ގައުމުގެ އިގްތިސާދު އެއްކޮށް 30 އަހަރު ފަހަތަށް ގޮސްފައިވާ ކަމަށެވެ. އާންމު ރަތްޔިތުންނަށް މިހާ ބޮޑު ނިކަމެތިކަމެއް އައި ޒަމާނެއް ހަނދާނެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް މިދަނީ އެތައް އާއިލަތަކެއް އަނިޔާއާ ދިމާލަށްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

އެގި ވަޑައިގަންނަވާނެ ޕީސީބީގެ ފަރާތުން " ރައިޓް ސައިޒް" ކުރަންށޭ ކިޔާފަ 33 އިންސައްތަ މީހުން އެސްއޯއީ ތަކުން މަދު ކުރަން ކުއްލިއަކަށް އިއުލާނެއް މިކުރީ 33 އިންސައްތަ އޭ ބުނީމައި އެއީ ގާތްގަނޑަކަށް 14،733 މީހުން 14،733 މީހުން ވީމާ އެމީހުންތައް ކަޑާ ނަގާ މަގު މައްޗަށް އެއްލާ މިލަނީ އެއްލާ ލާއިރުގައި ބައްލަވާ އެއީ ކިތައް މީހުންނަށް ބަރޯސާވާ އާމްދަނީ ހޯދާބައެއްތޯ 14،000 މީހުނެގެ އާމްދަނީ މަދުވެގެން 50،000 މީހުންގެ ދިރިއުޅުމާއި ގުޅުން އެބަހުރި 50،000 މީހުންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ބަލަންޔާމު 20 އިންސައްތަ

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

ކޮވިޑްގެ ޕެންޑެމިކްގެ ތެރޭގައި އެމްޑީޕީ ސަރުކާރުން 22،945 މީހުން ބެލެހެއްޓިކަމަށް ފައްޔާޒު ވިދާޅުވިއެވެ. ވަޒީފާ ގެއްލިގެން ދިޔަ މީހުންނަށް އެމްޑީޕީ ސަރުކާރުން ވަރަށް ހާމަކަން ބޮޑު ޕްރޮގްރާމެއް ހިންގި ކަމަށާއި ރައްޔިތުންނަށް އެކަން ސާފުކޮށްދިންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

419 މިލިޔަން ރުފިޔާ އަޅުގަނޑޫމެން ހަރަދު ކުރިން އެ ޕްރޮގްރާމަށް އޭގެ ސަބަބުން އެތައް އާއިލާތަކެއް އަދި އެއާ ގުޅުން ހުރި ވިޔަފާރީތަށް ވެސް ސަލާމަތް ވެގެން އެދިޔައީ އަންބުރާ ކުއްލިއަކަށް އަޅުގަނޑުމެންގެ އިގްތިސާދު އަރައިގަންނަން ލިބުނު ޖާގައަކީ އެކަހަލަ ޕްރޮގްރާމްތައް އޭރު ހިންގީމަ މިއަދި ޕީސީބިއިން މި ބުނަނީ ރައިޓް ސައިޒް ކުރަންށޭ. އެހެންމީނަ އަޅުގަނޑު އެ މާނަނަ މިކުރަނީ ރޯގް ސައިޒްގައޭ މިތިބީ

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

އެސްއޯއީތަކުން 14،733 މީހުން ވަކިކުރާއިރު ފައްޔާޒު ވަނީ ޕީސީބީއިން ރައިޓް ސައިޒް ރޯގް ސައިޒްއަށް ދިޔައީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ނަންބަރު ތަކަށް ބަލާލުމުން އިނގެނީ ރައިޓް ސައިޒް ކުރަމުން ދަނީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ހުރި އަދަދަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އޭރު ވާހަކަ ދައްކަމުން އައީ އެމްޑީޕީ ސަރުކާރުގައި ގިނަ ބަޔަކަށް ވަޒީފާ ދިންކަމަށް ބުނެކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.