ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) ގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލައިގައި ތުހުމަތުވާ މީހާއަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން، ފުލުހުން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް، ތުހުމަތުކުރެވޭ މީހާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގެ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެރޭ މެންދަމުން އަލިވެ 3:47 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.