ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިއަދު ވެސް ތާވަލުކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ހަފުތާ ބުދަ ދުވަހުއެވެ. ޖަލްސާތައް ކުރިއަށް ނުދާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފްތާ އެއްގެ ވެސް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް ބާއްވައެވެ. ނަމަވެސް މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް އިއުލާންކުރައްވާފައެއްނުވެއެވެ.

މިކަމާއި ގުޅޭ ގޮތުން އިއްޔެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ނުވަތަ ނޫންކަންވެސް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި، އަޑުއިވޭ ގޮތުގައި މި ހަފުތާގައިވެސް ޖަލްސާއެއް ނޯންނާނެ ކަމަށެވެ.