ޖޫން މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 241 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޖޫން މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 241 ކޭސް ރިޕޯޓުކޮށްފި
ޖޫން މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 241 ކޭސް ރިޕޯޓުކޮށްފި

އެ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގައި ހިމެނެނީ 53 އަންހެން ކުދިންނާއި 33 ފިރިހެން ކުދިންގެ މައްސަލައެވެ. އެއީ ޖުމްލަ 86 މައްސަލައެވެ. އޭގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 25 މައްސަލައެއް ރިޕޯޓްކޮށްފައި ވާއިރު، ޖިސްމާނީ އަނިޔާގެ 11 މައްސަލައެއް، އެކަހެރިކޮށްލުމުގެ 8 މައްސަލައެއް ހިމެނެއެވެ.

މީގެ ތެރޭގައި ސައިބަރ ބުލީކުރުމުގެ މައްސަލައެއް ވެސް ހިމެނެއެވެ. އަދި ބްލެކްމެއިލް ކުރުމުގެ 3 މައްސަލައަކާއި، ސައިބަރ ގްރޫމިންގްގެ 2 މައްސަލައެއްގެ އިތުރުން، ކުޑަކުދިން ބޭނުންކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ މައްސަލައަކާއި ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.