އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން އެތެރެކޮށް ވިއްކަމުންދާ ޗޮއިސް ބެރޭންޑުގެ މޫ ފުލް ކްރީމް މިލްކް ޕައުޑަރ އަކީ ނިއުޒީލޭންޑުގެ މަޝްހޫރޫ އިތުބާޜު ހިފޭ އުފެއްދުމެކެވެ.

ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ، ޑެއިރީ ޕްރޮޑަކްޓްތައް އުފެއްދުމުގައި ނަމޫނާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މަޝްހޫރޫ ނިއުޒީލޭންޑުގެ މި އުފެއްދުމަކީވެސް ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ އުފެއްދުމެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން، މި ކިރު ތައްޔާރު ކުރެވިފައިވަނީ ރައްކާތެރި މާހައުލެއްގައި، ތާޒާ ކަމާއިއެކު، އިތުރު މާއްދާތަށް ނުހިމެނޭ ފަދަ ގޮތަކަށެވެ. ހަމަ އެއާޢިއެކު، މި ރަހަ މީރު ކިރަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ގިނަ މާއްދާތަކެއް ކަމުގައިވާ ވިޓަމިން އޭ، ވިޓަމިން ޑީ3 އަދި ކެލްސިއަމް ފަދަ މާއްދާތަކަކުން މުއްސަނދިވެފައިވާ ކިރެއް ކަމުން، އެކި އުމުރު ފުރާގެ މީހުންނަށް ވެސް ބޭނުން ކުރުމަށް ވަރަށް އެކަށޭނަ އުފެއްދުމަކަށް ވެގެންދާނެ ކަމަށް ކަމަށް އެސްޓީއޯ އިން ވަނީބުނެއެވެ.

މީގެ އިތުރުން، މި ކިރަކީ ތަފާތު ކާބޯތަކެތި ތައްޔާރުކުރަށްޓަކައިވެސް ބޭނުން ކޮށްލެވޭނެ އުފެއްދުމެކެވެ. އެގޮތުން، ސައި ނުވަތަ ކޮފީއަށް އެއްކޮށްލައިގެން، ނުވަތަ ތަފާތު ފޮނިކާއެއްޗެހި ތައްޔާރު ކުރުމަށްވެސް މިއީ ވަރަށް އެކަށޭނަ އުފެއްދުމެއް ކަމަށް ވެސް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ، ޗޮއިސް ބްރޭންޑުގެ އެހެން އުފެއްދުންތަކާއި އެއްގޮތަށް މި އުފެއްދުމަކީވެސް އިތުބާރު ހިފޭ ކޮލިޓީ މޮޅު އުފެއްދުމެކެވެ. ކޮންމެ ޕެކެޓަކީ، ހިފެހެއްޓިފައިވާ މިންގަނޑުތަކެއް ހިފަހައްޓައިގެން އުފައްދާ، ބަންދުކޮށްފައިވާ ޕެކެޓެއްކަމުން، އެއްހަމައެއްގައި ރަހައާއި ކޮލިޓީ ހިފެހެއްޓިފައިވާކަން ކަށަވަރު ވެގެންދާ ކަމަށެވެ.

ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރ ހޯލްސޭލްކޮށް އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން އަދި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓްތަކުން ލިބެންހުންނާނެއެވެ.