111 ރަށެއްގައި އޭޖެންޓުން މެދުވެރިކޮށް، އަދި ބާކީ 48 ރަށެއްގައި އޮގަސްޓު މަސް ނިމުމުގެ ކުރިން އަސާސީ 23 ބާވަތް އެސްޓީއޯ އޭޖެންޓުން މެދުވެރިކޮށް، ހެޔޮ އަގުގައި ފޯރު ކޮށްދޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އަސާސީ ކާބޯތަކެއްޗާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، އަސާސީ 23 ބާވަތް އެއްވެސް ތާކުން އަގު ބޮޑުވެގެންދާ ކަމުގައި ވަންޔާ އެސްޓީއޯ މެދުވެރިކޮށް، އެއިރެއްގައި ލިބޭ އެންމެ އަގު ހެޔޮގޮތަކަށް ނުވަތަ މާކެޓުގައި ހުރި އެނެމް ހެޔޮ އަގަކަށް ރައްޔިތުންނަށް ފޯރު ކޮށްދެމުން އަންނަ ކަމަށެވެ.

ވަޒީރު ސައީދު ވިދާޅުވީ، 3000 މަތީގެ އާބާދީތަކުގައި 111 ރަށެއްގައި ސީދާ އެސްޓީއޯ ސެންޓަރުތަކުން އަދި 3 ރަށެއްގައި އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް މިހާރުވެސް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ސައީދު ވިދާޅުވީ 3000 އިން ދަށުގެ އާބާދީތަކުގެ ތެރެއިން، 111 ރަށެއްގައި އޭޖެންޓުން މެދުވެރިކޮށް، އަދި އިތުރަށް ބާކީ 48 ރަށެއްގައި އޮގަސްޓު މަސް ނިމުމުގެ ކުރިން އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް އޮތީ އެހެން ކަމަށް ވަޒީރު ސައީދު ވިދާޅުވި އެވެ.

މި ގޮތް އޮތީ ކޮންސްޓްރަކްޝަން މުދާވެސް، މި ގޮތް އޮތީ ވިޔަފާރި ވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދުމުގައިވެސް،"

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ވަޒީރު ސައީދު ވަނީ 2019 އިން ފށިގެން 2023 އާ ހަމައަށް ހަބަރުތަކުގެ ސުރުހީތަކުން އެންމެ ގިނައިން ފެންނަނީ ކާބޯތަކެތީގެ އަގު ބޮޑުކަމުގެ ވާަކަ ކަން ފާހަގަކުރައްވާފަ އެވެ. އަދި އޭރުގެ ސަރުކާރުން އެކަމަށް އިހުމާލު ވެފައިވާ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި އަގު އުފުލިފައިވާ ކަމަށް ބުނެފައިވާ ކަމަށްވެސް ވަޒީރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، މިސަރުކާރުން ހަމައެކަނި މައިން ރޫޓަތަކެއް ކަނޑައަޅައި، ބޭރުން މުދާ ގެނެވޭނެ ގޮތް ހެދީ ނޫން ކަމަށެވެ.

އިންޓަނޭޝަނަލް ޕޯޓް ތަކަށް، އެއީ މާލެއާ ކުޅުދުއްފުޓާ، އައްޑޫއާ ދޭތެރޭގައި ޓްރާންސްޕޯޓް ލިންކެއް އަޅުގަނޑުމެން ގާއިމް މި ކުރަނީ. އަދި ރައީސް ބޭނުންވޭ އާރްޓީއެލް މެދުވެރިކޮށް މުދާ އުފުލޭނެ އިންތިޒާމްތައްވެސް ހަމަޖައްސަން"

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ވަޒީރު ސައީދު ވަނީ ކުރިން އޮތް ހާލަތު ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.