ރައްދެބައިމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މާލޭ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ރޭ 00:15 އެހައިކަން ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި އެކްސިޑެންޓުގެ ސަބަބުން ދެ ސައިކަލަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ޓޯވ ކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.