ގެސްޓް ހައުސް އެއްގެ ތެރެއިން ނިޔާވެފަ އޮތް މީހަކު ފެނިއްޖެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ނިޔާވެފައި ވަނީ މާލެ/ ސްޓާ، މުހައްމަދު ރަޒީން (50އ) ކަން ވެސް ފުލުހުން ވަނީ ހާމަ ކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.