ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް މާދަމާ ކުރާނެ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކުރުމަށްޓަކައި، ހުޅުމާލޭގެ ބައެއް ހިސާބުތަކުން މާދަމާ ހެނދުނު 6:00 އާއި 7:00 އާ ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެގޮތުން ކަރަންޓު ކެނޑުން އެކަށީގެންވަނީ ހުޅުމާލެ ނެއިބަހުޑް 1 އަދި 2 އިން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.