ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ހިދުމަތް ފޯރުކޮށްދޭ އައިކެއަރ އޮޕްޓިކަލްއިން، މި ހިނގާ ޖުލައި މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.

އައިކެއަރ އިން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ 15 ޖުލައި އިން ފެށިގެން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނާއި ލެންސް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އައިކެއަރ އިން ބުނެެއެވެ.

ކޮންމެ ދެ އައިނުން އެއް އައިނަށް %30 ޑިސްކައުންޓް!

މި ޕްރޮމޯޝަނުގެ ދަށުން ދެ ނަންބަރު އައިނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، އެއް ފްރޭމުން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް އައިކެއަރ އިން ބުނެއެވެ.

އައިކެއަރއިން ބުނި ގޮތުގައި މި ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތަކަށްވެސް ނެގިދާނެ ފްރޭމެއް ކަމަށެވެ.

އައިނު އަޅާ ދެކުދިންނަށް، ނުވަތަ މަންމަ އާއި ދަރިފުޅަށް، ދެމަފިރިންނަށް އަދި ރައްޓެސަކާއި އެކުވެސް އައިނު އާކޮށްލެވިދާނެ ކަމަށް އައިކެއަރ އިން ހާމަކުރެއެވެ.

އައިކެއަރ އިން ބުނީ އައިކެއަރގެ އައުޓްލެޓްތަކުގައި ހުރި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ފްރޭމެއްވެސް މި އޮފަރގެ ދަށުން ހިޔާރުކުރެވޭނެ ކަމަށެވެ.

ޒައިސް ސްމާޓްލައިފް ލެންސްއާއެކު ހިލޭ އަވިއައިނެއް!

މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް ލެންސާއި އެކު ފްރޭމް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެ ކަމަށްވެސް އައިކެއަރ އިން ހާމަކުރެއެވެ.

ޒައިސް ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ހާއްސަކޮށް، ހުރިހާ ދުރުމިނަކުންވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ލެންސެކެވެ.

އައިކެއަރއިން ހާމަކުރި ގޮތުގައި މި ދެ އޮފަރަކީވެސް އެއް ޓްރާންސެކްޝަނެއްގެ ތެރެއިން ބޭނުންކުރެވޭނެ އޮފަރތަކެކެވެ. އަދި އައިކެއަރ މެންބަރޝިޕްގެ ފައިދާތައްވެސް މި އޮފަރތަކާއެކު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެއެވެ. އައިކެއަރ އިން ބުނީ އިތުރު މައުލޫމާތު ހޯދުމަށް އައިކެއަރގެ ވެބްސައިޓަށް https://eyecare.mv/special-offers/ ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރުމުން ލިބޭނެ ކަމަށެވެ.