ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ، އައިޔޫއެމްއިން އައު 3 ކޯހެއް ތައާރަފްކޮށްފި އެވެ.

އައިޔޫއެމްއިން ވަނީ، އެ ޔުނިވާސިޓީގެ ފަރާތުން މި އަހަރުގެ ދެވަނަ ސެމިސްޓާ އަށް މުޅިން އަލަށް ތައާރަފްކުރާ 3 ކޯހަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ވިދާޅުވީ، އެ ޔުނިވާސިޓީން އަބަދުވެސް ވިސްނަނީ މުޖުތަމައު އަށް ފައިދާ ހުރި އައު ޕްރޮގުރާމްތައް ނެރުމަށް ކަމަށެވެ.

އެގޮތުން މުޅިން އަލަށް ތައާރަފް ކުރާ ކޯސްތަކުގެ ތެރޭގައި، ކުއްލިޔާ އޮފް އެޑިއުކޭޝަން އެންޑް މެނޭޖްމެންޓް ސްޓަޑީސްގެ ދެކޯހެއް، މާސްޓާ އޮފް ސައިންސް އިންފޮމޭޝަން ސިސްޓަމްސް އެންޑް ޑޭޓާ ސައިންސް އަދި މާސްޓާ އޮފް ސައިންސް، އިސްލާމިކް ބޭންކިން އަދި ފައިނޭންސް ހިމެނެ އެވެ.

އެ ކޯސްތަކުގެ ތެރެއިން އިސްލާމިކް ބޭންކިން އެންޑް ފައިނޭންސަކީ ރާއްޖެއަށް އަލަށް ތައާރަފު ކުރެވުނު ކޯހެއް ކަމަށް އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ، ޑރ. އައިޝަތު ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އިސްލާމިކް ބޭންކިން އެންޑް ފައިނޭންސަކީ ދިވެހި ރާއްޖެއަށް ވެސް މުޅިން އައު ކޯހެއް، ދެން މި ދެ ކޯހަކީވެސް ފުލީ އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކޯސްތަކެއް"

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ، ޑރ. އައިޝަތު ވަހީދު

މީގެ އިތުރުން ކުއްލިޔާ އޮފް ގުރުއާން އަދި ސުންނަތްގެ ފަރާތުން އަލަށް ތައާރަފް ކޮށްފައިވަނީ އެޑްވާންސް ސެޓްފިކެޓް އިން ސުންނަތް ސްޓަޑީސް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެއީވެސް ރާއްޖެއަށް މުޅިން އައު ދާއިރާއެއް ކަމަށެވެ.

މީވެސް ދިވެހިރާއްޖެއަށް މުޅިން އައު ދާއިރާ އެއް، ހަމަ އެންމެ ބޭސިކް ލެވެލް މި ފެށިގެން ދަނީ، މި ކޯހަކީ ކްލާހަށް ހާޒިރުވެގެން އަދި އޮންލައިންކޮށް ދެ މޯޑަކަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކޯހެއް"

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ، ޑރ. އައިޝަތު ވަހީދު

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ވަނީ، އެ ކޯސްތަކުގައި ބައިވެރިވުމަށް އެދިވަޑައިގަންފައެވެ.