ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކޯސްތަކަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށް ބުނެފަ އެވެ.
އެގޮތުން ފިޝަރީޒް ދާއިރާއިން، އެކުއާކަލްޗާ / ފިޝަރީޒް ސައިންސް އިން ބެޗްލާސް ޑިގްރީ، ފިޝަރީޒް މެނޭޖްމަންޓް އިން މާސްޓާސް ޑިގްރީ އަދި މެރިޓައިމް އެފެއާޒް އިން މާސްޓާސް ޑިގްރީ އަށް ހުޅުވާލާފައިވާ އިރު، ބެޗްލާސް ޑިގްރީ ކިޔަވަން ދެވޭ ގައުމުތަކުގެ ތެރޭގައި، އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތައް އަދި މާސްޓާސް ޑިގްރީ ކިޔަވަން ދެވޭ ގައުމުތަކުގެ ތެރޭގައި، އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތައް އަދި އޯއީސީޑީ ގައުމުތައް ހިމެނެ އެވެ.
މެރިން ރިސާޗް އާއި މެރިކަލްޗާ ދާއިރާ އިން، މެރިން ސައިންސް / އެކުއާކަލްޗާ އިން ޕީއެޗްޑީ، ސަސްޓެއިނަބަލް އެކުއާކަލްޗަރ / އެކުއާކަލްޗަރ ނިއުޓްރީޝަން / އެކުއާކަލްޗަރ އިންޖިނިއަރިންގ އިން މާސްޓަރސް ޑިގްރީ، އެކުއަޓިކް ހެލްތު / ޕެތޮލޮޖީ އިން މާސްޓަރސް ޑިގްރީ، މެރިން ސައިންސް އިން މާސްޓަރސް ޑިގްރީ އަދި މެރިން ސައިންސް ( ރިމޯޓް ސެންސިންގ / ޖީއައިއެސް / އޯޝަނޯޖްރަފީ އަށް ހާއްސަ ޕްރޮގްރާމްތަކަށް އިސްކަން ދެވޭނެ) އިން ބެޗްލަރސް ޑިގްރީ ހިމެނޭ އިރު، ބެޗްލަރސް ޑިގްރީ ކިޔަވަން އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތައް އަދި އެހެން ލެވެލްތައް ކިޔަވަން އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތަކަށް ދިއުމަސް ހުޅުވާލާފައިވެ އެވެ.
ސްކޮލަރޝިޕްގެ ޝަރުތުތަކަށް ބަލާލާއިރު، މާރސްޓާސް ޑިގްރީ އެއްނަމަ، ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން، ބެޗްލަރސް ޑިގްރީ ނަމަޖީ، .ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވު މުގެ އިތުރުން ފައުންޑޭޝަން ނުވަތަ ސަރޓިފިކެޓް ލެވެލްގެ ޔުނިވަރސިޓީ އެންޓްރެންސް ގަބޫލުކުރާ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންވާ މީހުން 30 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) އެޕްލިކޭޝަން ފޯމާއި، ހުށަހަޅަން ޖެހޭ ތަކެތި ހުޝަހެޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ[email protected]އަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން އެދިފައިވެ އެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެ އެވެ.