މަސައްކަތް ތެރިންގެ ހައްގުތައް ވަޒަން މި ކުރަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެގޮތުގަ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމަަށް ވިދާޅުވެ، މަޖިލީހަށް އޭނާ ހުށައެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، މަސައްކަތް ތެރިންގެ ހައްގުތަކާއި ގުޅުން ހުރި ކަންތައް ބެލެހެއްޓުންވެސް ހާލުކޮށްފައިވަނީ ހޯމްލޭންޑް އެންޑް ސެކިއުރިޓީއާ ކަމަށާ އެ މިނިސްޓްރީގެ ދަށަށް މަސައްކަތްތެރިންގެ ހައްގުތައް ހަވާލު ކުރެވުނު ހިސާބުން މަސައްކަތްތެރިން އޮބަހެއްޓުމާއި މަސައްކަތްތެރިން ވަޒީފާއިން ވަކިވުމަށް މަޖުބޫރު ކުރުން އިންތިހާއަށް އިތުރުވެފއިވާ ކަމަށެވެ.

އިއްޔެގައި ޓްރައިފަޓޭޓް ލޭބާ އެޑްވައިޒަރީ ބޯޑް އުވާލައްވައިފި ވީގޮތެއް ވެސް ނެއިގި. ގާނޫނުގައި ކަނޑައެޅިގެން އެކުލަވާލައިފައިވާ ބޯޑެއް އިއްޔެގައި އުވާލައްވައިފި އެ މިނިސްޓްރީއިން

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް

މިނިސްޓްރީގައި ހިނގާ ކަންކަމުގެ ވާނުވާ ވަޒީރަށް އެނގިވަޑައި ނުގަންނަވާތީ އެކަން އަންގާލަދިނީކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި މަސައްކަތް ތެރިންގެ ހައްގުގެ ވާހަކަ މިހާރުގެ ސަރުކާރުން، އަދި ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ދެއްކެވި ކަމަށެވެ.

ކޮމޯޑިޓީސްގެ ގޮތުގައި ހިފާ ގެންގުޅޭ މުދަލުގެ ގޮތުގައި މަސައްކަތް ތެރިން މި ސަރުކާރުން ދެކެނީ. މިއީ ކޮން ޒަމާނެއްތޯ. މިއީ 21 ވަނަ ގަރުނޭ. ބޭނުންވީމަ ވަޒީފާ ދީފަ. ބޭނުންވީމަ ކަނޑާލާފައި. އަނެއް ދުހު އަނެއްކާ ވަޒީފާ ދީފައި. އަނެއް ދުހު އަމަޔައް ގުޅާގެން ބިރު ދައްކާ އެބަ ދަރިން ސިޔާސީ ކަން ކަމުގައި އުޅެނީއ ކިޔާފަ

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް

މި ގޮތަށް އެކަން ނުކުރުމަށް އެދި މެންބަރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ކުންފިތަކުގައި މަސައްކަތް ކުރާ މަސައްކަތް ތެރިން ވަޒީފައި ވަކި ކުރާނެ ފުރުސަތު ނުދޭނެ ކަމަށެވެ. ރަށްރަށުގައި ކުންފުނިތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ޔޫނިއަނެއް ހެދުމަށް މެންބަރު ވަނީ ގޮވާލައްވާފައެވެ. ޔޫނިއަންތައް ހަދާ މަސައްކަތްތެރިންނަށް ސަރުކާރަށް އަދި މަސައްކަތްތެރިންގެ ވެރިންނަށް މަސައްކަތްތެރިންނާއި މެދު ފިޔަވަޅު ނޭޅޭ ވަރަށް ކަންކަން ބައްޓަން ކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.