މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު މަސައްކަތްކުރަމުންދާ ސަރަހައްދުގެ ތާރުއެޅުމުގެ މަސައްކަތްތައް މާދަމާއަށް އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އެމްޑީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް 100 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ އަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ، މަގުގެ 4 އަދި 5 ވަނަ ސެގްމަންޓުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، އެ ސަރަހައްދުގައި ގާއިމުކުރާ ޕާކިން ޒޯންގެ މަސައްކަތް ވެސް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
އަދި ސެގްމަންޓް ދޭ ކާއި ތިނެއްގެ ދުވާރު ހެދުމުގެ މަސައްކަތާއި، ކޭބަލް އެޅުމަށްޓަކައި ކޮންނަންޖެހޭ ޓްރެންޗް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދަނީ ކުރަމުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.