އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އައު ބަލިމީހުން ފޮނުވުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ބުނީ، އަމްރިތާ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، އެ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި ކަމަށެވެ. ނަމަވެސް ފަރުވާ ހޯދަމުން އަންނަ ބަލިމީހުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ހޮސްޕިޓަލުން ހިދުމަތް ދެމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާ ބަލިމީހުން ފޮނުވުމަށްޓަކައި އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

އެހެން ނަމަވެސް ބަލިމީހުން އަލުން ފޮނުވަން ފެށޭނެވަކި ތާރީހެއް އެކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީ ގޮތުން އާސަންދައިގެ ހިދުމަތް މެދުކެނޑުމުގެ ހާލަތްތައް ވަނީ ދިމާވެފަވެއެވެ. ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އަންނަނީ ހަރަދުކުރަމުންނެވެ.