މެލޭޝިއާގެ ޔުނިވަރސިޓީއެއް ކަމުގައިވާ އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ވިހި (20) ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާތީ އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް އަދާލަތު ޕާޓިގެ ފަރާތުން ހުޅުވާލަމެވެ.
މި ސްކޮލަޝިޕް ތަކުގެ ތެރެއިން 26 އޮކްޓޫބަރު 2026 ގައި ފައްޓާ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން، އަންނަނިވި ސްކޫލުތަކުން 3 އަހަރު ދުވަހުގެ ޑިގްރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސްކޫލް އޮފް ބިޒްނަސް – ވިޔަފާރި (ބިޒްނަސް) އާ ގުޅޭ ދާއިރާތަކުގެ ޑިގްރީ
- ސްކޫލު އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ސައިންސް – ތަޢުލީމު، އިޖުތިމާޢީ އަދި އިންސާނީ ސައިންސް އާ ގުޅޭ ދާއިރާތައް
- ސްކޫލު އޮފް ކޮމްޕިއުޓިންގް – ކޮމްޕިއުޓަރ ސައިންސް، ޑާޓާ ސައިންސް، އިންފޯމޭޝަން ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީ
މި ސްކޮލަޝިޕަށް ކުރިމަތިލުމަށް އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
17 އަހަރާއި 23 އަހަރާއި ދެމެދު
- ކައިވެނި ނުކޮށް
- މާލީ ޙާލަތަށް ރިޢާއަތްކޮށް، މާލީ ފުދުންތެރިކަން ދަށް ކުދިންނަށް އިސްކަން ދެވިގެންދާނެއެވެ.
- ގްރޭޑް 12 ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން
- ދަށްވެގެން ސީ.ޖީ.ޕީ.އޭ 2.8 ގައި ހިފެހެއްޓުން (ކޮމްޕިއުޓަރ ސައިންސް ނުވަތަ ޑާޓާ ސައިންސް ނަމަ، ދަށްވެގެން ސީ.ޖީ.ޕީ.އޭ 3.0 ހިފެހެއްޓުން)
- މިވަގުތު އެއްވެސް މަތީ ތަޢުލީމު ދޭ ތަނެއްގައި ކިޔަމުންދާ ފަރާތެއް ކަމުގައި ނުވުން
- އެއްވެސް އެއްބަޑު، އެއްބަފާ ނުވަތު އެއްބަނޑު އެއްބަފާ މީހަކަށް މި ޔުނިވާސިޓީގެ ފައުންޑޭޝަންގެ ފަރާތުން އެހީ ލިބިފައި ނުވުން
- IELTS / TOEFL / TOEFL iBT / PTE ހާސިލުކޮށްފައިވުން
މި ސްކޮލަޝިޕްގެ ތެރެއިން ވިސާ ފީ، މެލޭޝިޔާއަށް ދަތުރު ކުރުމުގެ ހަރަދު އަދި ޔުނިވަރސިޓީއަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮޒިޓް (1200 ރިންގިޓު) ހަރަދުތައް ފިޔަވާ ހުރިހާ ހަރަދެއް ހަމަޖެހިގެންދާނެއެވެ.