ޔާގޫތު ގޯޅި ސީޑްގެ ކައިރީ ބަހައްޓާފައި ހުރި މެޝިނެއް ބެހެއްޓި ފަރާތެއް މާލެ ސިޓީ ކައުންސިލުން ހޯދަންފަށައިފިއެވެ.

ސިޓީ ކައުންސިލުން ދަނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް ކުނި އަޅަމުންދާ ފަރާތްތަށް ހޯދުމުގެ މަސަކަތް ކުރަމުންނެވެ.
އެގޮތުން އަމީނީ މަގު ގިޔާސުއްދީން ސްކޫލް ކުރިމަތީ ބަހައްޓާފައި ހުރި ކުނިތަކެއް ބެހެއްޓި ފަރާތްތަކެއް ސިޓީ ކައުންސިލުން ދަނީ ހޯދަމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ނިކަގަސްމަގު ކުރިކީލަ މަގު ކަންމަތީ ބަހައްޓާފައި ހުރި ކުނިތަކެއް ބެހެއްޓި ފަރާތްތަކެއް ވެސް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މަގުތަކަށް އުކައިލައިފައި ހުންނަ ކުނި ނަގައި ސާފުކުރުމަށް އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ހޭދަވެއެވެ. ރައްޔިތުންގެ ވިސްނުމަށް ކުޑަ ބަދަލެއް ގެނެސް މަގުތަކަށް ކުނި އެޅުން ހުއްޓައިލައިފިނަމަ، އެ ފައިސާ މާލޭގެ ޕާކުތަކާއި، މައިޒާންތަކާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަން ރިޕޯޓްކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެ ގޮތުން ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން ނުވަތަ 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވައިގެން ރިޕޯޓް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.