އދ. ދިއްދޫ ފުޓްސަލް ދަނޑު ރަސްމީކޮށް އިއްޔެ ހުޅުވާލައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައ،ި ރަސްމީކޮށް ދަނޑު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް އެމްޕަވަމަންޓް، ސްޕޯޓްސް އެންޑްފިޓްނަސ،ް އޮނަރަބަލް ޢަބްދުالله ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ދަނގެތީ ދާއިރާގެ މެމްބަރު ޢަބްދުالله ރަޝީދާއ،ި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު މުބީން އާއި ދިއްދޫ ކައުންސިލް ރައީސް އަނީސް މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، ބިންގަނޑު އެއްވަރުކުރުމާއ،ި ކޮންކްރީޓް މަސައްކަތްތަކާއ،ި ލައިޓް ޕޯސްޓް ހަރުކުރުމާއ،ި ގޯލް ޕޯސްޓެއް ހެދުމާއ،ި ބެންޗެއް ހެދުމާއ،ި ދަވާދު ލުމުގެ މަސައްކަތްތުގެ އިތުރުން ޓާރފު އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިއީ 1.74މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސިސީން ބުނީ، މީހުންގެ އާބާދީއެއް އޮންނަ އދ. ދިއްދޫގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، މި ދަނޑުގެ މަސައްކަތް ނިމި ރަސްމީކޮށް ހުޅުވިގެންދިއުމާއި އެކު ދިއްދޫގެ ޒުވާނުން ފުޓްސަލްގައި އިތުރު ކުރިއެރުންތަކެއް ހޯދުމުށް ފުރުސަތުހުޅުވި، ރަށަށް އިޖުތިމާޢީ ގޮތުން ކުރިއެރުން ތަކެއްލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ.
ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ.